logoEN
Sto top
ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

4/16/2025, 4:47:02 PM

# އެންޑީއެމްއޭ

--

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެޝަނަލް ޑްރަގް އެޖެންސީ ހުޅުވާލައިފިއެވެ.

Wamco

އެންޑީއޭއިން ވަނީ އެ ޖެސީގެ ދަށުން ހިންގޭ ސެންޓަރުތަކުގައި ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ސީ.ވީ އާއިއެކު ސިޓީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

ޖުމްލަ 30 މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.

މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ.ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ހިމެނެއެވެ.

މީގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ( ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީ )ގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected]އަށް މެއިލް ކުރުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside