
--
ގއ ކޮލަމާފުއްޓަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބޮޑެު އިންސައްތައެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ހުއްޓުމެއްނެތ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ.
270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު އެމްޓީސީސީއާ 2023 ވަނަ އަހަރު ހަވާލުކޮށްފައިވަނީ، 44,332,056.00 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ކޮލަމާފުށީގައި ފާހަގަކުރެވިފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށަށް 9.16 ހެކަޓަރުގެ ބިން އިތުރުކުރެވޭނެއެވެ.
ގުޅުންހުރި

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ
