logoEN
PNC TOP 3
ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށްދޭން މަޝްވަރާކުރަނީ

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށްދޭން މަޝްވަރާކުރަނީ

އަހުމަދު ޝުރާއު

logo

4/15/2025, 12:58:55 PM

# ރާއްޖެ - ޗައިނާ

-

ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.

PNC MID 2

އެކޮނޮމިކް މިނިސްޓްރީން ބުނީ އެވަފުދުގެ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުން ކަމަށެވެ.

ސީއެފްއެންއޭގެ ވަފުދުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ޤަވާއިދުތަކާއި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، ސީއެފްއެންއޭގެ ދިރާސާ ޓީމުން ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމަށް އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި، އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC