logoEN
Sto top
ހުއްދަ ނެގުމަކާއި ނުލައި މާލޭގައި މުޒާހަރާކުރެވޭނެ 4 ސަރަހައްދެއް ކަނޑައަޅައިފި

ހުއްދަ ނެގުމަކާއި ނުލައި މާލޭގައި މުޒާހަރާކުރެވޭނެ 4 ސަރަހައްދެއް ކަނޑައަޅައިފި

އަހުމަދު ޝުރާއު

logo

5/2/2025, 3:04:55 PM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

--

ހުއްދަ ނެގުމަކާއި ނުލާ މާލޭގައި މުޒާހަރާ ކުރެވޭނެ ކަމަށް އިތުރު ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.

Wamco

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިރޭ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ޤާނޫނު ނަންބަރ: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ އިތުރު ސަރަހައްދުތަކެއް ކަނޑައަޅާ ކަމަށެވެ.

އެގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުތުން ހުއްދަ ނެގުމަކާއި ނުލައި މުޒާހަރާ ކުރެވޭނެ ތަންތަން ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަކީ ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) ގެ އިތުރުން އުސްފަސްގަނޑު ސަރަހައްދެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ އިތުރު ސަރަހައްދުތައް ކަނޑައަޅާފައިވަނީ މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.

ހޯމްލޭންޑް މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމި އިރު ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އަދި މުޒާހަރާ ކުރިޔަށްދާތާ ހަފްތާއެއް ވާން ގާތްވެފައިވަނިކޮށް ކުއްލި ގޮތަކަށް ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް މުޒާހަރާ ރޫޅާލާފައި އެވެ. އަދި މުޒާހަރާގެ ތެރެއިން ދެޒުވާނަކުވެސް ވަނީ ހައްޔަރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside