
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ!
# ރާއްޖެ - މެލޭޝިއާ--
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް، ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އެ މަނިކުފާނަކީ ހަމަހަމަ ކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވަމުންނެވެ.
މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ. މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށެވެ.
ގުޅުންހުރި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި
.webp&w=3840&q=75)
މެލޭޝިޔާގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިވާ ދިވެހި ވަފުދު ފުރައިފި




