logoEN
Sto top
އަންހެނަކާއި ފިރިހެނަކު ވެގެން ހުޅުމާލެއިން ކާރެއް ވަގަށް ނަގައިފި: ރެއިން ރެއަށް ފުލުހުން ކާރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

އަންހެނަކާއި ފިރިހެނަކު ވެގެން ހުޅުމާލެއިން ކާރެއް ވަގަށް ނަގައިފި: ރެއިން ރެއަށް ފުލުހުން ކާރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

4/14/2025, 4:25:58 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

Wamco

ފުލުހުން މިއަދު ބުނީ އެޕްރީލް 13 ވަނަ ދުވަހުގެ 23:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންކާއިރު ކާރަށް އަރަންދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތްކަމަށާއި ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ ރޭ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށާއި އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަދި ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރިއިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމާއި ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside