logoEN
Sto top
ވެމްކޯގެ ހޮބާ ހިދުމަތާއި އިތުރު 4 ފަރާތަކުން ގުޅިއްޖެ

ވެމްކޯގެ ހޮބާ ހިދުމަތާއި އިތުރު 4 ފަރާތަކުން ގުޅިއްޖެ

އަހުމަދު ޝުރާއު

logo

4/14/2025, 4:02:00 PM

# ވެމްކޯ

--

ވެމްކޯ އިން މިދިޔަ އަހަރު ފެށި "ހޮބާ" ހިދުމަތް ދިނުމަށް އިތުރު 4 ފަރާތަކާއި އެކު ސޮއިކޮށްފި އެވެ.

Wamco

ވެމްކޯގެ މައި އޮފީހުގައި މިއަދު އޮތް ރަސްމިއްުޔާތެއްގައި ހޮބާ ހިދުމަތް ފޯރުކޮށްދިނުމަށް ސޮއިކޮށްފައިވަނީ މިފްކޯ، ޤައުމީ ކުތުބުޚާނާ، ފެނަކަ ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި އެކުގައި އެވެ.

މި ފަރާތްތަކާއިއެކު ފުހުމުނާމާގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.

ވެމްކޯއިން ބުނީ މި އެއްބަސްބުމުގެ ދަށުން އެކުންފުނިތަކާއި މުވައްސަސާތަކުގެ އޮފީސްތައް ފޮޅައި ސާފުކުރުމުގެ ޚިދުމަތް މިހާރުން ފެށިގެން ފޯރުކޮށްދޭނެ ކަމަށެވެ.

View post on Twitter

ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ.

ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 15 ވަރަކަށް ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside