logoEN
Sto top
ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލު ކައިރިން މިދަނީ ބަލަމުން - ސަރުކާރު

ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލު ކައިރިން މިދަނީ ބަލަމުން - ސަރުކާރު

އަހުމަދު ޝުރާއު

logo

4/13/2025, 5:55:03 PM

# ފޮރިން މިނިސްޓްރީ

--

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލު ކައިރިން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

Wamco

ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވެފައިވަނީ ޢަބުދުލް މާނިޢު ނަމަކަށް ކިޔާ ދަރިވަރަކަށެވެ.

މި ކަމާއި ގުޅުގެން މިރޭ އެކްސްގައި މިނިސްޓަރު ހަލީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދެއްކުނު ކަމަށެވެ. އެގޮތުން މާނިއުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާނިއުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މާނިއުގެ ބައްޕަ މައުލޫމާތު ދިން ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ޙާލު އޮޅުންފިލުއްވިކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ދަރިވަރުގެ ބައްޕަ ވިދާޅުވި ކަމަށާއި އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.

މާނިއުގެ އާއިލާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި މާނިއުގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ވަނީ ބުރިވެފައި އެވެ. އަދި ބޮޑެތު ސާޖަރީތަކެއް މާނިއުގެ ހަދާފައިވާކަމަށްވެސް ވަނީ ބުނެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside