logoEN
Sto top
އޯއޭސީޕީއެސް ގެ 119 ވަނަ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯއޭސީޕީއެސް ގެ 119 ވަނަ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

5/24/2025, 5:16:07 PM

# ފޮރިން މިނިސްޓްރީ

--

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ 119 ވަނަ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

Wamco

އޯއޭސީޕީއެސްގެ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުالله ޚަލީލްގެ ފަރާތްޕުޅުން ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީލާ އަލީ މިއަދު ބަޔާނެއް ވަނީ ދެއްވާފައި އެވެ.

މިއަދު ހެނދުނު ކައުންސިލުގައި ދެއްވި ޚިޠާބުގައި ސަފީރު ޖީލާ ދެއްކެވި ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސްގެ އިޞްލާޙީ އެޖެންޑާއަށް ދިވެހި ސަރުކާރުން ތާއީދުކުރައްވާކަން ތަކުރާރުކުރެއްވިއެވެ. އަދި އޯ.އޭ.ސީ.ޕީ.އެސް-އީޔޫ ޕާޓްނަރޝިޕްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެ ހިމެނޭގޮތަށް އޯ.އޭ.ސީ.ޕީ.އެސްގެ މެންބަރު ޤައުމުތަކަށް ދިގު މުއްދަތަކަށް އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުވުން ކުރިޔަށްދަނީ 23-25 މެއި 2025 އަށް ބެލްޖިއަމްގެ ބްރަސަލްސްގައެވެ.

އެފްރިކާ، ކެރީބިއަން އަދި ޕެސިފިކް ސްޓޭޓްތައް ހިމެނޭ އޯއޭސީޕީއެސް އުފެދުނީ 1975 ވަނަ އަހަރު "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުންނެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ރާއްޖެ ރަސްމީކޮށް ގުޅިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ/

E living
ކޮމެންޓް
E living
ފަހުގެ
HDC