logoEN
Sto top
ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ގުޅުންތައް ބަދަހިކުރުމުގެ ދެވަނަ ޑައިލޮގް ބާއްވައިފި

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ގުޅުންތައް ބަދަހިކުރުމުގެ ދެވަނަ ޑައިލޮގް ބާއްވައިފި

އަހުމަދު ޝުރާއު

logo

5/29/2025, 4:00:00 PM

# ފޮރިން މިނިސްޓްރީ

--

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ކުރިޔަށް ގެންދާ މަތީ ފަންތީގެ ސްޓްރެޓެޖިކް ޑައިލޮގްގެ ދެވަނަ ބުރު ބާއްވައިފި އެވެ.

Wamco

އިއްޔެގެ ޑައިލޮގް ކުރިއަށް ގެންގޮސްފައިވަނީ ހައިބްރިޑް ފޯމެޓަކަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ.ހާލާ ހަމީދާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ އިންޑިއާ އެންޑް އިންޑިއަން އޯޝަން ޑައިރެކްޓްރޭޓްގެ ޑިރެކްޓަރ ބެން މެލޯރ އެވެ.

އިއްޔެގެ ޑައިލޮގުގައި 2023 ވަނަ އަހަރު ބޭއްވުނު ސްޓްރެޓެޖިކް ޑައިލޮގްގެ ނަތީޖާގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެފަރާތުންވެސް ދެއްވިއެވެ. އެގޮތުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ސަލާމަތާއި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ހިންގުމާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނީ ވެރިކަން ހިންގުމާއި، މަތީ ތަޢުލީމާއި، ވިސާއާއި އިމިގްރޭޝަނާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ސަރަޙައްދީ އަދި މަލްޓިލޭޓަރަލް އެއްބާރުލުން ފަދަ މުހިންމު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ދެގައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ދެގައުމުގެ އިސް އޮފިޝަލުންވެސް މި ޑައިލޮގްގައި ފާހަގަކުރެއްވިއެވެ. ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެ، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ޚިދުމަތުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ގޮތްތައް ދެފަރާތުން ވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ވިޔަފާރި ކުރިއެރުވުމަށް ކަސްޓަމްސްގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް މަޝަވަރާކޮށްފައި ވެއެވެ.

މީގެ އިތުރުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ބޮޑެތި އޯގަނައިޒްޑް ކްރައިމްތަކާ ދެކޮޅަށް އިނގިރޭސިވިލާތާއި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަންނީ އެހީތެރިކަމާއި، ދިފާއީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތައް ހިމެނޭ ގޮތަށް، ޤާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ވައުދު އިނގިރޭސިވިލާތުން ވަނީ މި ބައްދަލުވުމުގައި އާކޮށްފިއެވެ.

އަދި ރާއްޖޭގެ ޖިނާއީ އަދުލު އިންސާފު އިސްލާހު ކުރުމާއި ޝަރުއީ މިނިވަންކަމަށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ފަރާތުން ވެސް މަޝްވަރާ ކުރެއްވި އެވެ. އިނގިރޭސިވިލާތުން ވަނީ ޑިމޮކްރެޓިކް ވެރިކަމެއް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތައް ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުން ވަނީ ތަޢުލީމީ އެކްސްޗޭންޖްތަކުގެ މުހިންމުކަން ކަށަވަރުކޮށްދީ، ޗެވެނިންގ އަދި ކޮމަންވެލްތު ސްކޮލަރޝިޕްމެދުވެރިކޮށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް މަސައްކަތްކުރުމަށްވެސް އެއްބަސްވެފައެވެ. މަތީ ތައުލީމް ހާސިލްކުރުމަށް އިނގިރޭސިވިލާތަށް ދާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް ރާއްޖެއިން ވަނީ ވިސާ އާއި އިމިގްރޭޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ވިސާ އަށް އެދުމުގެ މަރުހަލާތައް ފަސޭހަކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުން ގެންދިއުމަށްވެސް ދެގައުމުގެ ދެމެދު އެއްބަސްވެފައިވެއެވެ.

އނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގެ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، ސަޤާފީ އެއްބާރުލުން ކުރިއެރުވުމާއި، ރަޙްމަތްތެރި ކަމުގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށް ދެގައުމުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާއިރު ކުރިއަށް އޮތް ކޮޕް30 ހިމެނޭގޮތަށް ބައިނަލްއަޤްވާމީ މޫސުމީ ފޯރަމްތަކުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

މި ޑައިލޮގްގައި ރާއްޖެއާއި އިނގިރޭސިވިލާތުން ވަނީ ސަރަޙައްދީ ކުރިއެރުންތަކާއި މަލްޓިލޭޓަރަލް ކޯޕަރޭޝަންއާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ޑައިލޮގް ނިންމާލާފައިވަނީ ކޮންމެ އަހަރަކުވެސް ސްޓްރެޓެޖިކް ޑައިލޮގް ކުރިއަށް ގެންދިއުމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ އެއްބަސްވުމަކާއެކުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside