logoEN
Sto top
އައްޑޫ ލިންކު ރޯޑު އެކްސިޑެންޓުގައި މީހަކު މަރުވުން: ކާރު ދުއްވި 23 އަހަރުގެ ޒުވާނާ ހައްޔަރަށް!

އައްޑޫ ލިންކު ރޯޑު އެކްސިޑެންޓުގައި މީހަކު މަރުވުން: ކާރު ދުއްވި 23 އަހަރުގެ ޒުވާނާ ހައްޔަރަށް!

އަހުމަދު ޝުރާއު

logo

4/12/2025, 3:53:49 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

އައްޑޫގައި ފުލުހުން ހަރަކާތްތެރިވަނީ

އައްޑޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވެފައިވާއިރު މި މައްސަލައާއި ގުޅިގެން 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުން ބުނީ މިރޭ އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވި ގދ ފިޔޯރީ މާގޯލްޑް، އުމުރުން 23 އަހަރުގެ މުހައްމަދު މާހިލް މުމްތާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ފޭދޫ މީހަކު ވަނީ މަރުވެފައި އެވެ. އެގޮތުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފޭދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދުއަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑު ސަރަހައްދުގައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside