
އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކު ނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލަ މިރޭ 19:29 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފޭދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދުއަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން 23 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ގދ ފިޔޯރީއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މުހައްމަދު މާހިލް މުމްތާޒު އެވެ.
މި އެކްސިޑެންޓުގައި ނިޔާވި ސިޔާދު ދުއްވަން އިން ސައިކަލަށްވެސް ބޮޑެތު ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.