
--
ލ އަތޮޅުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ލ އަތޮޅު ލިންކު ރޯޑުން މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓު ވެފައިވާ މައްސަލަ ރޭ ދަންވަރު 01:40 ހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި ލ މާބައިދޫ ސޫރަޖް ވިލާ އުމުރުން 30 އަހަރުގެ އިބްރާހިމް ނައުޒަމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން ހާމަކުރި ނަމަވެސް އިތުރު މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ.