
އިރާނުގެ ނިއުކްލިނިޔާ ޕްރޮގްރާމާއި ގުޅޭ މަޝަވަރާތައް މިއަދު އެމެރިކާއާއި އެކު ފަށަނީ
# އިރާން - އެމެރިކާ--
އިރާނުގެ ނިއުކްލިނިޔާ ޕްރޮގްރާމާއި ގުޅޭ މަޝަވަރާތައް މިއަދު އެމެރިކާއާއި އެކު ފެށުމަށް މިހާރު ވަނީ ތައްޔަރުވެފައި އެވެ.

އެގޮތުން މި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮމާންގައި އެވެ. މި މަޝްވަރާތަކަށް އެމެރިކާއާއި އިރާނުގެ އޮފިޝަލުން މިހާރު ވަނީ އޮމާނަށް ގޮސްފައި އެވެ. އަދި އޮމާނުން މި މަޝްވަރާތަކުގައި އަދާކުރާނީ މެދުވެރިއެއްގެ ދައުރެވެ.
އޮމާންގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާ މި މަޝްވަރާތަކަކީ އީރާނުގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން ބޭނުންވާ ޓްރަމްޕްގެ ވެރިކަމުގައި ބާއްވާ ފުރަތަމަ މަޝްވަރާއެވެ. އިރާނާއި އެކު އެއްބަސްވުމެއް ނެތްނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ މީގެ ކުރިން އިރާނަށް ދީފައި އެވެ.
މަޝްވަރާތަކުގެ ކުރީން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އީރާނުން ބޭނުންވަނީ ހަނގުރާމައެއް ނޫންކަމަށެވެ.
މިއަދު ފަށާ މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. އިރާނުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމަށްވާ އަރަގްޗީ އަކީ މީގެ ކުރިން އީރާނުގެ އެންމެ އިސް ނިއުކްލިއާ މަޝްވަރާވެރިޔާ އެވެ. އެމެރިކާގެ ފަރާތުން މަޝްވަރާތައް ބަލަހައްޓާނީ ސްޓީވް ވިޓްކޯފް އެވެ. ވިޓްކޯފް އަކީ ނިއުޔޯކްގެ ޕްރޮޕަޓީ ޑިވެލޮޕަރެއްގެ އިތުރުން ޓްރަމްޕްގެ ގާތް ރަހުމަތްތެރިއެކެވެ. މީގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ހަވާލުވެ ވަޑައިގެން ހުންނެވީވެސް އޭނާއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ އަރަގްޗީ ވެރިރަށް އޮމާނަށް ވަޑައިގަތުމަށްފަހު އޮމާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވި ކަމަށެވެ. އީރާނުގެ ނިއުސް އެޖެންސީ ތަސްނީމް އިން ބުނި ގޮތުގައި މި ވަފުދުތަކުން ނުސީދާ ކޮށް މަޝްވަރާތައް ފަށާނީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް ބުސައިދީއާ ބައްދަލުކުރެއްވުމަށް ފަހު އެވެ. ތަސްނީމްއިން ރިޕޯޓުކުރާ ގޮތުގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު އަލްބުސައިދީ މެދުވެރިއަކަށް ހުންނަވައިގެން ކަމަށެވެ.
ގުޅުންހުރި

އިރާނުގެ އެއް މިސައިލް އަލް އުދީދު ބޭސްއަށް އަމާޒުވިކަން ގަތަރުން ކަށަވަރުކޮށްދީފި

ހަމަލާދިނުމުގެ ކުރީން އިޝާރާތެއް ދިން ކަމަށްޓަކައި ޓްރަމްޕުގެ ޝުކުރު އިރާނަން: ބުނީ ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް!

އެމެރިކާގެ އިތުރު ބޭސްތަކަށް އިރާނުން ހަމަލާތަކެއް މިރޭ ދީފާނެ ކަމުގެ ބިރު އެބައޮތް - އެމެރިކާގެ އަސްކަރީ އޮފިޝަލެއް
