
--
އދ ކުނބުރުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނުތައް އެރަށަށް ގެންގޮސްފި އެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން. އާރްޑީސީއާއި އެވެ. އާރްޑީސީން އިއްުޔެ ބުނީ އެމަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސް އަންލޯޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް, ނުނިމިހުރި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 4،900،741.92 (ހަތަރު މިލިޔަން ނުވަ ލައްކަ ހަތް ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ލާރި) އަށެވެ.މި ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް އެޅުމާއި އަދި ލައިޓިންގ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ދަނޑަށް އިތުރު ކުރެވުނު ބަޔާއެކު މުޅި ދަނޑުގެ ވަށާފާރާއި، ފެންސް މާރާމާތު ކުރުމާއި، ދަނޑަށް އިތުރު ކުރެވުނު ބައިގައި ކާނުލުން އަދި ދެ ކާނު ދޭތެރޭގައި ސްކްރީޑެއް އެޅުމާއި، ގޭޓު ހަރުކުރުމަށްވެސް އާރްޑީސީއާއެކު ވެވުނު އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
ގުޅުންހުރި

ދިއްދޫ މަގުހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ ހީވާގި މުވައްޒަފުން - އާރްޑީސީ

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!
