
--
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުހައްމަދު ހުސައިން ޝަރީފް ( މޮންދު )، އެމަނިކުފާނުގެ މަންދޫބުކަމުގެ ފަތްކޮޅު، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ)ގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއަށް އަރުވައިފިއެވެ.

މަންދޫބުކަމުގެ ފަތްކޮޅު އެރުމަށް މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގައި ހުންނަ އައިރީނާގެ މައި އޮފީހުގައި މިއަދު ޚާއްސަރ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ. ސަފީރު މުޙަންމަދު ޙުސައިން ޝަރީފު އަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަފީރު މުޙަންމަދު ޙުސައިން ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކުރިއެރުވުމުގައި އައިރީނާއިން އަދާކުރަމުންދާ ދައުރަށް ޝުކުރު އަދާކުރެއްވިއެވެ. ސަފީރު ޝަރީފް ވަނީ އައިރީނާއާ އެކު ގުޅުން ބަދަހިކޮށް، ދިވެހި ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޑިރެކްޓާ ޖެނެރަލް ލާ ކެމެރާ ވަނީ ސަފީރުގެ އާ ދައުރަށް މަރުހަބާ ދަންނަވައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިރީނާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަކީ 2009 ވަނަ އަހަރު ރަސްމީކޮށް އުފެދުނު އިންޓަގަވަމެންޓަލް އޯގަނައިޒޭޝަނެކެވެ. މިހާރު އައިރީނާގައި ހިމެނެނީ 169 މެމްބަރު ގައުމެވެ. 2009 ވަނަ އަހަރު އައިރީނާއާ ރާއްޖެ ގުޅުނު އިރު، އޭގެ ފަހުން ރާއްޖެ އަކީ އެ ޖަމިއްޔާގެ އެކްޓިވް މެމްބަރެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަފީރު މުޙަންމަދު ޙުސައިން ޝަރީފްގެ އަރިހުގައި މިނިސްޓަރ ކައުންސެލަރ މުޙަންމަދު ހައިޝަމް އާއި ކައުންސެލަރ މޫމިނާ އިބްރާހީމާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ފާތުމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

މީހުން ބިނާކުރުމުގައި ސިންގަޕޫރުން ދެއްވާ އެހީތެރިކަމަށް މިނިސްޓަރ ހަލީލްގެ ޝުކުރު!

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ގުޅުންތައް ބަދަހިކުރުމުގެ ދެވަނަ ޑައިލޮގް ބާއްވައިފި

އޯއޭސީޕީއެސް ގެ 119 ވަނަ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
