logoEN
Sto top
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހު ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހު ފަށަނީ

އަހުމަދު ޝުރާއު

logo

4/11/2025, 9:08:59 AM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

Wamco

އަމީން މިކަން ހާމަކުރެެއްވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްވާން ޖެހޭ ތައްޔާރީތައް އެމަސައްކަތް ސަރުކާރުން ހަވާލުކުރި އެމްޓީސީސީން މިހާރު ބާރު ސްޕީޑެއްގައި ކުރިޔަށް އެބަ ގެންދާ ކަމަށެވެ. އެގޮތުން ހިދުމަތަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން މިހާރު ކުރަމުންދާކަން އަމީން ހާމަކުރެއްވި އެވެ.

މިއާއިއެކު އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި ހިދުމަތް ފެށިގެންދާނެ ކަމަށް އަމީން ފާހަގަކުރެއްވި އެވެ. ނަމަވެސް ސީދާ ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންއާއި އެކު ޓެކްސީގެ ހިދުމަތް މިހާރު ދެމުން އަންނަ ފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް އިދިކޮޅުން ބުނަމުން އަންނަ އިރު އެކަމަށް ރައްދު ދެއްވައި އަމީން ވިދާލުވީ ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކުރެވުނު ނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތްދޭ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ޚިދުމަތް ދިނުމާއި ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުއްވުން ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމިއްލަ ކާރުގައި ނުވަތަ ކުއްޔަށް ކާރު ނަގައިގެން ޚިދުމަތް ދޭއިރު މެއިންޓަންސްފަދަ ކަންކަމަށް ބޮޑެތި ޚަރަދުކުރަންޖެހޭ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ޚަރަދެއް ކުރަން ނުޖެހި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި އަދާކުރާ ވަޒީފާގެ އިތުރަށް ހުސްވަގުތުތަކުގައި ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަަތުވެސް ލިބިގެންދާނެ ކަމަށާއި، %50 ފުރުޞަތު ޚާއްސަކޮށްފައިވަނީ އެފަދަ ފަރާތްތަކަށް ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside