logoEN
Sto top
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭންގެ ޕްލޭން އެކުލަވާލަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭންގެ ޕްލޭން އެކުލަވާލަނީ

އަހުމަދު ޝުރާއު

logo

5/22/2025, 9:14:46 AM

# ޓްރާންސްޕޯޓް މިނިސްޓްރީ

-

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް އަހުލުވެރިކޮށް، ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާޑރ މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން އެކަމަށް ޚާއްސަ ކޮމެޓީއެއް އުފައްދައިފި އެވެ.

Wamco

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ކެމްޕެއިން ފެށުމަށް ބޭނުންވާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަލަށް އުފެއްދެވި ކޮމެޓީއިން އިއްޔެ ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ކެމްޕެއިން ރާވައި ހިންގުމަށް އެކުލަވާލެވުނު ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި،މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މޯލްޑިވްސްޕޮލިސް ސަރވިސްގެ އިތުރުން ގުޅުންހުރި އެހެނިހެން އިދާރާތައް ހިމެނެއެވެ.

މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމާއި، މަގުމަތީގެސަލާމަތާއި ރައްކާތެރިކަން ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައްހިންގުމަށް ވަނީ ރޭވިފައެވެ.

މީގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެސެޝަންތަކާއި، މީޑިއާ މެދުވެރިކޮށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުރުން މަގުމަތީގައި ބާއްވާހޭލުންތެރިކުރުމުގެ ޙަރަކާތްތައް ހިމެނެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުހިންމުކަން އިތުރަށް ބަޔާންކޮށްދިނުމަކީ މިކެމްޕެއިންގެ މުހިންމު ބައެކެވެ. އަދި މި ކެމްޕެއިންގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން އިތުރުވެ،އެކްސިޑެންޓްތައް މަދުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside