
އައު ލައިސެންސް ޓްރެކާއި އެކު ވޭވަށުގައި "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި
# ޓްރާންސްޕޯޓް މިނިސްޓްރީ# މ ވޭވަށް--
މ ވޭވަށުގައި އަލަށް ތަރައްޤީކުރި ލައިސެންސް ޓްރެކް ރަސްމީކޮށް ހުޅުވައިފި އެވެ.

ވޭވަށުގެ ލައިސެންސް ޓްރެކު ރަސްމީކޮށް ހުޅުވާފައިވަނީ މިހަފްތާގެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އެރަށު ކައުންސިލުން ޤާއިމްކޮށްފައިވާ ލައިސަންސް ޓްރެކް ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިއެކެވެ،
އައު ލައިސެންސް ޓްރެކާއި އެކު އެރަށުގައި އޭ ކެޓަގަރީ ޑްރައިވިންގ ލައިސެންސް ދޫކުރަން މިހާރު ވަނީ ފަށާފައި އެވެ. އަދި އެ ހިދުމަތް ފެށުމަށް ކައުންސިލާއި ޓްރާންސްޕޯޓު މިނިސްޓްރާެއި ދެމެދު ވަނީ ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އައު ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ވޭވަށުގެ އިތުރުންވެސް ބައެއް ރަށްތަކުގައި މިހާރު ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކްތައް ގާއިމްކޮށް ލައިސެންސް ދޫކުރުމުގެ ހިދުމަތްތައް ސަރުކާރުން ކައުންސިލްތަކާއި ހަވާލުކޮށްގެން ފަށާފައި އެވެ. އެގޮތުން ދާދި ފަހުން ގއ ދާންދޫއާއި ތ ހިރިލަންދޫ އަދި އއ ހިމަންދޫގައި ވެސް ވަނީ މި ހިދުމަތް ފަށާފައި އެވެ.
ގުޅުންހުރި

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭންގެ ޕްލޭން އެކުލަވާލަނީ

އައު ލައިސެންސް ޓްރެކާއި އެކު ވޭވަށުގައި "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

އާރު.ޓީ.އެލް މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެނީ!
