
ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް--
ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރަނިކޮށް ހާލު ސީރިއަސްވެ ފަރުވާދެމުން ދިޔަ މީހާ މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު 2025 އޭޕްރިލް 04 ވަނަ ދުވަހުގެ ރޭ 21:12 ގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު 15:18 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ވާނީ ހިއްސާކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހައްޔަރުކުރި މީހެކެވެ.