logoEN
Sto top
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

އަހުމަދު ޝުރާއު

logo

4/10/2025, 10:20:12 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.

Wamco

އދ. މާމިގިލީގައި މިއަދު މި ހަރަކާތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. މި ހަރަކާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ރައްޔިތުންގެ މަޖިލިސް މާމިގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމްއާއި މި ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން، މާމިގިލީގައި މިއަދު 10 އަނބުގަސް އިންދާފައިވާއިރު ރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ރަށެއްގައި ވެސް މި ޚިދުމަތުގެ މުވައްޒަފުން މޭވާ ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، އަހަރީ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ވެސް މާރިޗު މަހުން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ. ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside