.webp&w=3840&q=75)
--
މޯލްޑިވިއަން ބްލަޑް ސާރވިސަސް އަށް ފަންނީ ގޮތުން ބޭނުންވާ ޑިރެކްޓަރ ޖެނެރަލް އެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިވިލް ސާރވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތް ކުރައްވަމުން ގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ބްލަޑް ސަރވިސްގެ މަސައްކަތް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި މަގާމަށް ސިވިލް ސަރވިސް އިން މިއަދު އިއުލާންކޮށްފައިވާއިރު މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތި ލުމުގެ އިތުރު ތަފްސީލް ލިންކުން ލިބޭނެއެވެ.
ތެލެސީމިއާ ސެންޓަރުގެ ކަންކަން ބޮއްސުންލާފައިވަނިކޮށް ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެތަނަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި އެކަނަކަން ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައި އެވެ. އަދި ތެލެސީމިއާ ސެންޓަރާއި ގުޅިގެން ތެލެސީމިއާ ކުދިންގެ ބެލެނެވެރިން ރައީސްއާއި ހިއްސާކުރި ޝަކުވާތަކަށް އަޑު އައްސަވައި ގިނަ މައްސަލަތަކަށް މިހާރުވެސް ވަނީ ހައްލު ގެނެސްދެއްވާފައި އެވެ.
ގުޅުންހުރި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ސެންޓަރަށް ބެކަޕް ކަރަންޓު ލިބުނު ، ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ!

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ޚިދުމަތް ދޭން ފަަށައިފި




