logoEN
Sto top
މިހާރު ކުރިޔަށްދަނީ ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް - މިނިސްޓްރީ

މިހާރު ކުރިޔަށްދަނީ ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް - މިނިސްޓްރީ

އަހުމަދު ޝުރާއު

logo

4/9/2025, 6:12:15 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް, މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ބޮޑު ޙަރަކާތުގައި މިހާރު ސާފުކުރަމުން ދަނީ, ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް ކަމަށް އެ މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވަމުން އަންނަ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވެއްޖެއެވެ.

Wamco

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

ހުސްވި މާރިޗު މަހުގެ 8 ވަނަ ދުވަހު ފެށި, މި މަސައްކަތުގައި މިހާރު ވަނީ މަޖީދީ މަގުގެ ދެ ފަރާތުގެ ކާނުތައް ސާފުކޮށް ނިމިފައެވެ. މަޖީދީމަގު ނިންމާލި އިރު، ގާތް ގާތްގަނޑަކަށް 10 ޓަނުގެ ކިސަޑާއި ވެލި ކާނުތަކުން ނެގިފައި ވެއެވެ.

މިހާރު ކުރިއަށްދާ ކަނބާ އައިސާރަނި ހިނގުމުގެ ދެ ފަރާތުގެ ކާނުތައް ކުރިއަށް އޮތް ހަފުތާތެރޭ ނިންމާލެވޭނެ ކަމަށް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުފީދު ވިދާޅުވިއެވެ. މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside