logoEN
Sto top
އާރްޑީސީއާއި ހަވާލުކޮށްފައިވާ ވެލިދޫގެ ތިން މަޝްރޫއުއަކަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި

އާރްޑީސީއާއި ހަވާލުކޮށްފައިވާ ވެލިދޫގެ ތިން މަޝްރޫއުއަކަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި

އަހުމަދު ޝުރާއު

logo

4/9/2025, 12:47:06 PM

# އާރްޑީސީ

-

ސަރުކާރުގެ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފައިވާ ވެލިދޫގެ ތިން މަޝްރޫއުއަކަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި އެވެ.

Wamco

އާރްޑީސީން ރޭ ބުނީ ނ.ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް އެކުންފުނިން ކޮށްފައިވާ ކަމަށެވެ. އަދި އެސާމާނުތަކާއި އެކު ބޯޓު ރޭ އެރަށަށް ވަނީ ފުރާފައި އެވެ.

ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މިދިޔަ މާޗު މަހުގެ ފަހުކޮޅު އެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާރްޑީސީއާއި ހަވާލުކުރި އިރު ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އާރްޑީސީން މިހާރުވެސް ދަނީ އެރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންނެވެ. އަދި އަލަށް ހަވާލުކުރި ތިން މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް އާރްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside