logoEN
Sto top
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 42 މީހަކު ޝަހީދުކޮށްލައިފި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 42 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

4/7/2025, 3:56:06 PM

# ޣައްޒާ

--

ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 42 މީހަކު ޝަހީދުކޮށްލައިފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިއަދުގެ ފަތިހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފައި އެވެ. އަދި 42 މީހަކު ޝަހީދުކޮށްލި އިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ޔަހޫދީން އެންމެ ބޮޑު ހަމަލާއެއް މިއަދު ދިނީ ޚާން ޔޫނުސްގެ ރެފިއުޖީ ޓެންޓުތަކަށެވެ. އެގޮތުން ފަތިހު ދިން ވަރުގަދަ ހަމަލާއެއްގައި ނޫސްވެރިންތަކެއް ތިބި ޓެންޓަކަށް ހަމަލާ އަމާޒުކުރި އިރު ނޫސްވެރިއަކާއި އެކު ދެމީހަކު ޝަހީދުކޮށްލައި 9 މީހަކު ވަނީ ޒަހަމްކޮށްލާފައި އެވެ.

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ 17 މަސްދުވަސްވީ ބޮޑު ގަތުލުއާންމުގައި މިއަދާއި ހަމައަށް 50،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ވަކީން ޚާއްސަކޮށް ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމަކަށް މަސްދުވަހު އަމަލުކުރުމަށްފަހު ޔަހޫދީން އެ އެއްބަސްވުމާއި ހިލާފުވެ އަލުން ހަމަލާތައް ދޭން ފަށައި އެންމެ ފުރަތަމައަށްވެސް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައި ވެއެވެ.

ޔަހޫދީން ހަމަލާތައް ހުއްޓާލުމަށް ގިނަ ގައުމުތަކަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކަށް ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside