logoEN
Sto top
ހަމާސްއިން ޔަހޫދީންނަަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއްދީ ޔަހޫދީންތަކެއް ޒަހަމްކޮށްލައިފި

ހަމާސްއިން ޔަހޫދީންނަަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއްދީ ޔަހޫދީންތަކެއް ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

4/6/2025, 7:03:39 PM

# ހަމާސް

--

ހަމާސްއިން ޔަހޫދީންނަަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއްދީ ތިން ޔަހޫދީއަކު ޒަހަމްކޮށްލައިފި އެވެ.

Wamco

އިސްރާއީލުގެ އަސްކަރިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއިން 10 ވަރަށް ރޮކެޓު އިޒްރޭލުގެ ސަރަހައްދުތަކަށް ފޮނުވާލާފައިވާ ކަމަށާއި ބައެއް ރޮކެޓުތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި ބައެއް ރޮކެޓުތައް އާންމު ސަރަހައްދުތަކަށް ވެއްޓުމާއި އެކު ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.

އިޒްރޭލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނީ އެ ރޮކެޓުގެ ބައިތައް އަޝްކެލޯން އާއި ގަން ޔާވްނޭއަށް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެ ތިން ޔަހޫދީއަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ ނަގައި ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އަލް ކަސާމް ބްރިގޭޑްސް އިން ބުނީ އަޝްދޯދު ސިޓީއަށް ރޮކެޓް ހަމަލާއެއް ދޭން ފަށާފައިވާ ކަމަށާއި މި ހަމަލާއަކީ އިސްރާއީލުން ޣައްޒާގައި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

View post on Twitter

މި ހަމަލާއާއި އެކު އިޒްރޭލުގެ ގިނަ ސަރަހައްދުގައި ސައިރެންގެ އަޑު ގަދަވި އިރު ޔަހޫދީން ބިރުން ރައްކާތެރިކަން ހޯދަން ދުވެ އުޅުނު މަންޒަރުތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހަމާސްއިން ރޮކެޓު ހަމަލާތަކެއް ދިން އިރު ޔަމަނުގެ ހޫތިންވެސް ދަނީ އިޒްރޭލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside