
30 އަހަރަށް ވުރެ ވިނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކުރެއްވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ
# ދިވެހި ސިފައިން--
ޙިދުމަތުގައި 30 އަހަރަށް ވުރެ ވިނަ ދުވަހު ޚިދުމަތްކުރެއްވި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު (ސނ: 2324) މިރޭ ނިޔާވެއްޖެ އެވެ.

އެމްއެންޑީއެެފުން މިރޭ ބުނީ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު މިރޭ ނިޔާވީ ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޗީއެމް ހޮސްޕިޓަލްގައި ކަމަށެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވި އިރު، ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ވަނީ ހޭދަކުރައްވާފައެވެ. ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވި އިރު، ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ގުޅުންހުރި

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ އޮންނާނެ!

ބޯވާރެއާއި އެކު މާލޭގައި ފެންބޮޑުވެއްޖެ: ސިފައިންނާއި ފުލުހުން މަގުތަކަށް!

ހެންވޭރުގެ ގެއެއްގެ އޭސީ އައުޓްޑޯރ އެއްގައި އަލިފާން ރޯވެއްޖެ
