
--
ސިފައިންގެ ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން ސިފަމާ "ފަންރަން 2025" ގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް ބޭއްވި ހަރަކާތެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި މި ހަރަކާތުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ދިޔައެވެ. އަދި މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެލި ހަވާލުކޮށްފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ކުޑަކުދިންނާއި ގުޅުންހުރި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާޘް އާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުން ބައިވެރިވިއެވެ.