
މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި
# ފެނަކަ ކޯޕަރޭޝަން--
ލ މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު އިންޖީނެއް ފޮނުވައިފި އެވެ.

އެރަށުގައި ފެނާއި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް، 800ކވ ގެ އައު އިންޖީނެއް މިހާރު އެރަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައިވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޚިދުމަތަށް ބޭނުން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 151 އިންޖީނުގެ ހިންގަމުން އަންނައިރު، ގިނަ ދުވަސްވީ އިންޖީނުތައް އައުކޮށް ކަރަންޓު މެދުކެނޑުމެއްނެތި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، މިހާރު ކަރަންޓް ކެނޑެމުންދާ ރަށްރަށަށްވެސް ވަގުތީ ހައްލުތައް ގެނެސް، ވީ އެންމެ އަވަހަކަށް އެރަށްރަށަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ގުޅުންހުރި

ރައީސްގެ އެންގެވުމާއި އެއްގޮތަށް ފެނަކައިންވެސް މޭމަހުގެ ކަރަންޓު ބިލްތައް ކުޑަ ޓެރިފް ރޭޓަށް ބަދަލުކޮށްފި

ނުވަ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ޢިމާރާތްކުރަން ފެނަކަ އަށް!

ހިންނަވަރުގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތަށް!
