
ތަރިކައިގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރުކުރާނަން!
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ--
ތާރީޚާއި ސަގާފަތާއި ތަރިކައިގެ ކަންކަން ދިރުވުމުގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ތަރިކައާއި ބެހޭ ވުޒާރާއިން ފިޠުރު ޢީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހިއްޗަށް ވަޑައިގަތުގެ ތަމްސީލަށް ބައެއް ފަރާތްތަކުން ފާޑުކިއުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ ދީނާ ޚިލާފު ބިދުޢަވެރި އަމަލުތަކުގެ ގޮތުގައި މި ޒަމާނުގެ ދިވެހި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ކަންކަން ތަމްސީލުން އުނިކޮށްފައިވާނެކަމަށާއި އަދި އެއީ އެނގިގެން މަޝްވަރާކުރެވިގެން ގަސްދުގައި ކުރިކަމެއް ކަމަށެވެ. މިގޮތުން ޒިޔާރަތްތަކަށް ގޮސް ކުރެވޭ ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް މިހާރުގެ ހާލަތާއި ނުގުޅޭ ބައެއް ކަން ޒަމާނުގެ ހާލަތަށް ފައްތާފައިވާނެކަން ފާހަގަކުރެއްވިއެވެ. އެވޭލާ ފޮޓޯތަކަށް ބަލާއިރު ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ލޮންސިވެރީން އޭރު ތިއްބަވަނީ މަތިހަށި ހުހަށް ހުސްގަޔާއެވެ. ހިނގަނީ ހުސްފައިގައެވެ. ނަމަވެސް އޭގެ ފަހުގެ ފޮޓޯތަކުގައި ލިބާސް ލާފައިވާތީ ފެނެއެވެ. މި ދެ ގޮތުން ކުރެ ކޮމިޓީއަށް ފެނިވަޑައިގަތީ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުގައި ލިބާސް ލުމަށެވެ. ހުސްފައިގައި ބައިވެރީން ނުހިންގުމަށެވެ. ކުރީގައި މާލޭގައި ހިމުން ދޮންވެލީގެ މަގުތައް ހުއްޓަސް މިހާރުގެ މަގުތައް ތަފާތުވީމައެވެ.
އިތުރަށް ވަޒީރު ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުގެ ތަމްސީލް އިންތިޒާމު ކޮށްފައިވަނީ އެ ވުޒާރާއިން ނެގި ޚާއްޞަ ކޮމިޓީއަކުން ކަމަށެވެ. އަދި މި ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދެކެވަޑައިގަތް ބޭފުޅުންނާއި ތާރީޚު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ދީނީ ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޓަކައި އުނިކުރި ކަންތައްތައް ފިޔަވައި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަސްލާ އެއްގޮތް ކުރުމުގެ މަޤްޞަދުގައި ތާރީޚްގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާއި އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރަށްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ފިޠުރު ޢީދުގެ ފުރަތަމަދުވަހުގެރޭގައެވެ.
ގުޅުންހުރި

ތަރިކައިގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރުކުރާނަން!

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް!

ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ތަމުރީނުތަކެއް މި އަހަރު ހިންގަން ފެށޭނެ!

ދިވެހި ޤައުމިއްޔަތުގެ އިސްވަރުން ބާއްވާ ފުރަތަމަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު!
ފަހުގެ

ރޮނާލްޑޯގެ ދެލަނޑާއެކު އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފި

ޔަމަނުން އިޒްްރޭލަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ފޮނުވާލައިފި
ރައީސް މުއިއްޒު، ޔުނިވަރސިޓީ އޮފް ލީޑްސް އަށް ޒިޔާރަތްކުރައްވައިފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުމުން ފަރުވާދެނީ

ގައްދޫއިން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
