logoEN
Sto top
ވެލިދޫ ހޮސްޕިޓަލާއި ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއަށް!

ވެލިދޫ ހޮސްޕިޓަލާއި ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއަށް!

އަހުމަދު ޝުރާއު

logo

3/28/2025, 7:17:51 PM

# އާރްޑީސީ

--

އިތުރު ދެ ރަށެއްގެ ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

Wamco

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ ނ ވެލިދޫ ހޮސްޕިޓަލާއި އދ ފެންފުށީގައި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫއުއެވެ.

މި މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.

ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އަދި އދ. ފެންފުށީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ 26,839,684.82 ރުފިޔާ އަށް 540 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside