logoEN
Sto top
މިލަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައިފި

މިލަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައިފި

އަހުމަދު ޝުރާއު

logo

3/26/2025, 4:46:26 PM

# ނ. މިލަދޫ

--

ށ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑު ނިންމައިފިއެވެ.

Wamco

މިލަދޫ ފުޓްބޯޅަ ދަނޑަކީ 2017ވަނަ އަހަރު މަސައްކަތް ފެށި ދަނޑެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ނުނިންމި އޮންނަތާ ހަތް އަހަރު ފަހުން، ދަނޑުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ މި ސަރުކާރުންނެވެ. މިއީ ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދަނޑުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާފައިވަނީ އެ ރަށުގެ ކައުންސިލުންނާއި ޒުވާނުން އެދިފައިވާ ގޮތަށް ކަމަށެވެ. މިގޮތުން ދަނޑުގެ ސަބް-ބޭސް ރަނގަޅުކޮށް ދަނޑުގައި ޓާފް އަޅާފައިވާއިރު ވަށާ ފާރާއި، ފެންސްވެސް ވަނީ މަރާމާތުކޮށްފައެވެ.

މިގޮތުން ކުރިން ތިން ފޫޓަށް ރާނާފައިވާ ވަށާ ފާރު މިހާރު ވަނީ ހަ ފޫޓަށް އުސްކޮށްފައެވެ. އަދި 9 ފޫޓަށް ހުރި ފެންސް މިހާރު ވަނީ 15 ފޫޓަށް އުސްކޮށްފައި ކަމަށް އެވުޒާރާއިން ބުނެއެވެ.

މިލަދޫ ދަނޑުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާއިރު، އެ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް މި ދައުރުގައި ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

ށ. އަތޮޅުގެ މިލަދޫގެ އިތުރުން ސަރުކާރުން ވަނީ ށ. ފުނަދޫގައިވެސް ފުޓްބޯޅަ ދަނޑެއް އަޅާފައެވެ. މި މަސައްކަތް ނިންމައި އެ ރަށުގެ ޒުވާނުން އަންނަނީ މި ވަސީލަތް މިހާރު ބޭނުންކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside