logoEN
Sto top
ކެލާ ރަށްވެހި އާސާރު ތަރައްޤީ ކުރުމަށް އާރްޑީސީއަށް!

ކެލާ ރަށްވެހި އާސާރު ތަރައްޤީ ކުރުމަށް އާރްޑީސީއަށް!

އަހުމަދު ޝުރާއު

logo

3/26/2025, 4:28:44 PM

# އާރްޑީސީ

--

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Wamco

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

މި މަސައްކަތް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލްއައިޑެންޓިޓީގެ އަސްލުތަކާ އެއް ގޮތަށް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ. މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނެޝަނަލްއައިޑެންޓިޓީ ނުވަތަ ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.

އެ ވުޒާރާއިން ވަނީ މި މަހު 10ވަނަ ދުވަހު އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގައި ވެސް، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside