logoEN
Sto top
މަރަދޫ ސްޓްރީޓް ޗެލެންޖް 2025 ގެ ޗެންޕިއަންކަން ފުރެންޑްސް ކުލަބުން ހޯދައިފި

މަރަދޫ ސްޓްރީޓް ޗެލެންޖް 2025 ގެ ޗެންޕިއަންކަން ފުރެންޑްސް ކުލަބުން ހޯދައިފި

ހަސަން ޝަމްއޫން

logo

3/24/2025, 11:10:10 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ފްރެންޑްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގެ ފައިނަލުގައި ހޯމަ ދުވަހުގެ ރޭ ފްރެންޑްސް ކުލަބާއި އެންމެ ފަހުގެ ޗެންޕިއަން ޒެފިއާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްރެންޑްސް ކުލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން ފުރެންޑްސް ކުލަބު ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މައިލޯ ސިޓީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 2-0 ގެ ނަތީޖާއަކުން މައިލޯ ސިޓީ ބަލިކުރުމަށްފަހުއެވެ. އަދި ޒެފިއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވެމްކޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން ވެމްކޯ ބަލިކުރުމަށްފަހުއެވެ.

ދެޓީމުގެ ފަރާތުން މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުތަރަމަ ހާފުގައި ފްރެންޑްސް ކުލަބަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ރިޒްމީން އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ހަސަން ހަނީފް (ފްރެންޑްސް ކުލަބު)، ހާޒިމް ފައުޒީ (މައިލޯ ސިޓީ)، ޝާޝް ޝަރީފް (ޒެފިއާ) އަދި އީމާން ނަޒީރު (ޒެފިއާ) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އިސްމާއިލް މުނީޒް (ކުލަބު ލޯތަރި) އެވެ. އެންމެ މޮޅު ކޯޗަކީ މިފްޒާލް ލަތީފު (ފްރެންޑްސް ކުލަބު) އެވެ.

މުބާރާތުގެ އުންމީދީ ކުޅުންތެރިއަކީ މުހައްމަދު ޒާހިލް ސަމީއު (ހަބޭސް އެންޖީ) އެވެ. އަދި ފެއާޕްލޭ ޓީމަކީ އެފްސީ ހަބޭސް އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ޝަރަފްވެރި މަގާމު ކިންގް އޮފް ދަ ސްޓްރީޓަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ އަބްދުﷲ ރިޒްމީން އެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside