logoEN
Sto top
ފްރެންޑްސް ކުލަބު އަތުން ބަލިވެ މައިލޯ ސިޓީ މުބާރާތުން ކަޓައިފި

ފްރެންޑްސް ކުލަބު އަތުން ބަލިވެ މައިލޯ ސިޓީ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

3/22/2025, 8:50:37 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފުރެންޑްސް ކުލަބުގެ އަބްދުﷲ ރުޒްމީން

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ސެމީފައިނަލުގެ ދެވަނަ މެޗުގައި މައިލޯ ސިޓީ އާއި ފްރެންޑްސް ކުލަބު ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 2-0 ގެ ނަތީޖާއަކުން މޮޅު ފްރެންޑްސް ކުލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން ފުރެންޑްސް ކުލަބު ޖާގަހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން އެފްސީ ހަބޭސް ބަލިކުރުމަށްފަހު އެވެ. އަދި މައިލޯ ސިޓީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ހަބޭސް އެންޖީ ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭންނުކުރެވި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި ފްރެންޑްސް ކުލަބުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، މައިލޯ ސިޓީގެ ތިން ޕެނަލްޓީގެ ތެރެއިން އެޓީމަށް އެންމެ ޕެނަލްޓީ އެއްވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ އަބްދުﷲ ރިޒްމީން އެވެ

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside