
ޕެނަލްޓީގައި ވެމްކޯ ބަލިކޮށް އެންެމެ ފަހުގެ ޗެންޕިއަން ޒެފިއާ ފައިނަލުން ޖާގަ ހޯދައިފި
# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރުމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒެފިއާގެ ޝާޝް ޝަރީފް
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބު ވެމްކޯ އާއި އެންމެ ފަހުގެ ޗެންޕިއަން އެފްސީ ޒެފިއާ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން މޮޅު ޒެފިއާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޒެފިއާ ޖާގަހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން އެފްސީ ވިކިންގްސް ބަލިކުރުމަށްފަހު އެވެ. އަދި ވެމްކޯ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ކުލަބު ލޯތަރި އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ދެޓީމުގެ ފަރާތުން މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭންނުކުރެވި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި ޒެފިއާ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ކުލަބު ވެމްކޯގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއާގެ ޝާޝް ޝަރީފު އެވެ
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.