logoEN
Sto top
ޕެނަލްޓީގައި ލޯތަރި ކަޓުވާލުމަށްފަހު ވެމްކޯ ސެމީފައިނަލުން ޖާގަ ހޯދައިފި

ޕެނަލްޓީގައި ލޯތަރި ކަޓުވާލުމަށްފަހު ވެމްކޯ ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

3/19/2025, 8:30:14 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުލަބު ވެމްކޯގެ ހަސަން ލައުހް (ވ)

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ކުލަބު ވެމްކޯ އާއި ކުލަބު ލޯތަރި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ވެމްކޯ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

ކުލަބު ލޯތަރި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުލަބު ވެމްކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭންނުކުރެވި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމައްޓަކައި ޖެހި ޕެނަލްޓީގައި ވެމްކޯ އިން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ކުލަބު ލޯތަރީގެ ހަތް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ވެމްކޯގެ ހަސަން ލައުހް އެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside