logoEN
Sto top
ވަޒީރު އާއިޝަތު ޝިހާމް ފ ނިލަންދޫއަށް!

ވަޒީރު އާއިޝަތު ޝިހާމް ފ ނިލަންދޫއަށް!

އަހުމަދު ޝުރާއު

logo

3/19/2025, 5:18:31 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ފ ނިލަންދޫއަށް ވަޑައިގެންފި އެވެ.

Wamco

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޝިހާމް ފ ނިލަންދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ވަނީ އެ ކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ވަޒީރުގެ މި ދަތުރުފުޅަކީ ފ އަތޮޅުގައި އަލަށް ޤާއިމްކުރާ ފެމެލީ އެންޑް ޗިލްޑްރަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމާއެކު، އާ ސެންޓަރުގައި ޚިދުމަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، އެފްސީއެސްސީއަށް ޒިޔާރަތްކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން މި ދަތުރުފުޅުގައި، މުއައްސަސާތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލުކުރެއްވުމަށް މުއައްސަސާތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC