logoEN
Sto top
އެއާކާގޯ ޝިޕްެމެންޓެއްގެ ތެރޭގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކަކާއި ވޭޕް ސާމަނުތަކެއް އަތުލައިގެންފި

އެއާކާގޯ ޝިޕްެމެންޓެއްގެ ތެރޭގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކަކާއި ވޭޕް ސާމަނުތަކެއް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

3/19/2025, 4:22:21 PM

# ކަސްޓަމްސް ސާވިސަސް

--

ވައިގެ މަގުން އެތެރެކުރަން އުޅުނު އިތުރު ވޭޕްތަކަކާއި ވޭޕް ސާމަނުތަކެއް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

Wamco

ކަސްޓަމްސްއިން މިރޭ ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަރކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި ތަކެތީގެ ތެރޭގައި ވޭޕްއާއި ވޭޕް ކާޓްރިޖްތައް ހިމެނެއެވެ.

މިކަން ކަސްޓަމްސްއިން ހާމަކުރި އިރު މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމްވެސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައި އެވެ.

މި ދެ މައްސަލަވެސް ކަސްޓަމްސްއިން ތަހުގީގު ކުރަމުން އަންނަ އިރު ބަޔަކު ހައްޔަރުކުރި ކަމެއް އަދި ހާމައެއް ނުކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside