logoEN
Sto top
ހުޅުމާލެ ފޭސް 2 ގައި އަލިފާނުގެ ހާދިސާއެއް!

ހުޅުމާލެ ފޭސް 2 ގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

3/18/2025, 4:58:46 PM

# ހުޅުމާލެ ފޭސް 2

--

ހުޅުމާލެ ފޭސް 2 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

Wamco

ސިފައިން މިރޭ ބުނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ އާހިޔާ ގޮފި ފިހާރަ ކައިރީ ހުސް ބިމެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 20:14 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

އެއާއިއެކު ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، ކާރުގައި ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 20:30 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside