logoEN
Sto top
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

3/16/2025, 6:37:14 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

މާލޭގެ ކާނުތައް ސާފުކުރުމުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި, އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ފެށި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށް ޓަކައި މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށީ މާރިޗުމަހުގެ 8 ވަނަ ދުވަހުއެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އެވުޒާރާއިން ބުނީ ލަގްޒަރީ ކުރިމަތިން ފެށި މި މަސައްކަތް މިހާރު ވަނީ ޗާންދަނީމަގުގެ ހުޅަނގު، މަޖީދީމަގުގެ ދެ ފަޅީގައިވާ ކާނުތައް ސާފުކޮށް މުޅިން ނިމިފައި ކަމަށެވެ. އަދި ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ހެނދުނު ކުރިއަށް ދާނީ ޗާންދަނީމަގުގެ އިރުމަތި، މަޖީދީމަގުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ އެވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވިއެވެ.

ކާނުތައް ސާފުކުރުމުގެ މަސައްކަތް މި ރަމަޟާންމަހު ކުރަމުން އަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 އަށެވެ. ކާނުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތަށް، ކުރިއަށް ގެންގޮސް ނިންމާލުމުން ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކުޑަނަމަވެސް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވުޒާރާއިން ބުނެއެވެ.

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން އެވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside