
އަމާޒަކީ މުވައްޒަފުންނަށް އަޅައިލައި، އިޙްތިރާމުކުރާ އަދި މުވައްޒަފުންނާ ގާތްކަމެއް ބާއްވާ ވުޒާރާއަކަށް ހެދުން!
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
މުވައްޒަފުންނަށް އަޅައިލައި، އިޙްތިރާމުކުރާ އަދި މުވައްޒަފުންނާ ގާތްކަމެއް ބާއްވާ މިނިސްޓްރީއެއްގެ ގޮތުގައި ހެދޭތޯ މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، މި ވުޒާރާގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޙަފުލާގައި ވާހަކަސފުޅުދައްކަވަމުންނެވެ.
މި ހަފުލާގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، އަންހެން ކަބަލުންނަކީ މި މިނިސްޓްރީއަށް، އަޅުގަނޑުމެންނަށް އިޙްސާސްނުކުރެވޭހައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި، މިނިސްޓްރީގެ ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑުމެން ހީނުކުރާ ފަދަ ބޮޑެތި ޤުރުބާނީވެ ވަޑައިގަންނަވައި ބޭފުޅުން ކަމަށް ހިތުގެ އަޑިން، އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް އެ މަނިކުފާނު ވިދާޅުވީ ވަރަށް ވަރުގަދަ އިނގިރޭސި ބަހެއްގައި ބުނާ ފަދައިން، ޤައުމެއް އެ ޤައުމެއް ތަހުޒީބުވެގެން ދިޔުމުގެ އަސްލަކީ އަންހެނުންނެވެ. އަދި ޚާއްޞަކޮށް، ސިޓީސް މިނިސްޓްރީއަށް ބަލައި ނަމަ މިހައި ތަނަށް ބޭއްވި ކޮންމެ ކަމެއްގައި އެ ކަމަށް ދިރުން ގެނެސްދިން ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިނިސްޓްރީގައި ކުރާ ކަންކަމުގައި އެންމެ ފޯރީގައި މަސައްކަތްކުރައްވަނީ އަންހެން ބޭފުޅުން. އެހެންނަމަވެސް މި މިނިސްޓްރީއަކީ ނިސްބަތުން ފިރިހެން މުވައްޒަފުންނަށް ވުރެ އަންހެން މުވައްޒަފުން މަދު ތަނެއް. ނަމަވެސް ކުރާ މަސައްކަތްތަކަށް ބަލައި އިރު ނިސްބަތުން އަންހެން މުވައްޒަފުން މަދުތަނެއް ނުދައްކަވައި" ވަޒީރު ވިދާޅުވިއެވެ.
ރޭ މި ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި މި ޙަފުލާގައި މިނިސްޓްރީގެ ގިނަ ޢަދަދެއްގެ ސީނިއަރ މުވައްޒަފުން ބައިވެރިވެވަޑައިނެވިއެވެ.
ގުޅުންހުރި

އަލަށް އަޅާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އެއްލައްކައަށްވުރެ ގިނަ ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފި
