
ޤަވާއިދާ ޚިލާފަށް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
# މޯލްޑިވްސް އިމިގްރޭޝަން--
މާލޭގެ ގެއެއް ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށް ގެންގޮސްފިއެވެ.

މިއީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕްރޭޝަނެކެވެ.
އިމިގްރޭޝަން ވޮޗަށް ހުށައެޅި ރިޕޯޓްގައި ވަނީ މއ. ހިތިލާގެ 2ކުން އާންމުގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައި ކުރާ ކަމަށެވެ.
އަދި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުވެސް މި އިމާރާތައް ގެންދާ ކަމަށާއި މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީ ކުރުމާއި އެ އިމާރާތުން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީ ކުރަން ބޭނުންކުރާ ސައިކަލުތައް އެތަނުގައި ހުންނަކަމަށް އިމިްރޭޝަން ވޮޗަށް ހުށައެޅި ރިޕޯޓުގައިވެއެވެ.
އެތަނަކީ ގިނަ ބަޔަކަށް ކައްކާތަނެއްގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅެމުން ދާތަނެއްގެ ގޮތުގައި އިމިގްރޭޝަނަށް ވަނީ ފާހަގަވެފައެވެ. އެގޮތުން ޑެގު އަޅައިގެން ހަދާފައިވާ 4 ފަންގިފިލާގެ އެ އިމާރާތުގައި 76 ބިދޭސީން ދިރިއުޅެމުންދިޔައެވެ.
މީގެ ތެރޭގައި ސައްޚަ ވިސާނެތި އުޅެމުންދިޔަ މީހުންނާއި، ވަޒީފާދިން ފަރާތަށް ފިލާގެން އުޅެމުންދިޔަ މީހުން ހިމެނޭހެން 32 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77ހާސް ބިދޭސީންގެ މަޢުލޫމާތު ވަނީ ނަގާފައެވެ.
ގުޅުންހުރި

ޤަވާއިދާ ޚިލާފަށް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި

ގަރާޖެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2 ބިދޭސީޢަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ފަށައިފި
