logoEN
Sto top
ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތިން ބިދޭސީއަކު އަތުލައިގަނެ ދެމީހުން މިހާތަނަށް ޑީޕޯޓުކޮށްފި

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތިން ބިދޭސީއަކު އަތުލައިގަނެ ދެމީހުން މިހާތަނަށް ޑީޕޯޓުކޮށްފި

އަހުމަދު ޝުރާއު

logo

3/17/2025, 3:35:00 PM

# މޯލްޑިވްސް އިމިގްރޭޝަން

--

ފުޅާ ދާއިރައެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސްގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.

Wamco

އިމިގްރޭޝަނުން މިއަދު ވިދާޅުވީ ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި 3 މީހެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މީގެތެރެއިން 02 މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.

ފުޅާ ދާއިރައެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީއަކު ޑީޕޯޓުކޮށްފަވާއިރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 05 މީހަކު ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އެޖެންޓު އަދި މީގެ ތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުންދިއައީ ވޯކް ވިސާގައި ކަމަށާއި މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރެއިން 1 އަންހެނަކު ވަނީ ޑިޕޯޓުކޮށްފައި ކަމަށްވެސް އިމިގްރޭޝަނުން އޭރު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނެސް ނުވަތަ އެ މީހުން ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން އިމިގްރޭޝަން ވޮޗަށް ހުށައެޅޭ ތަފާތު މައްސަލަތަކާ ގުޅިގެން ހިންގާ ރެއިޑްތަކާއި އޮޕަރޭޝަންތަކުގެ އިތުރުން އެ އިދާރާއިން އަމިއްލައަށް އިސްނަގައިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކުގެ ތެރެއިންވެސް ބިދޭސީ ހަރަކާތްތެރިވާ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside