
އެމްޑީޕީގެ ދެ އެކްޓިވިސްޓެއްގެ ގަޔަކަށް ކަޅު ތެޔޮ ޖެހި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި
# ހިއުމަން ރައިޓްސް ކޮމިޝަން--
ރޭގެ ވަގުތެއްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރެއްގެ ގަޔަށް މަގުމަތިން ބަޔަކު ކަޅު ތެޔޮ ޖެހި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.

އެޗްއާރްސީއެމްއިން މިރޭ ބުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން،2025 މާރިޗު 17 ވަނަ ދުވަހުގެ ރޭ އެމް.ޑީ.ޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށްފަހު ދަންވަރުގެ ވަގުތެއްގައި ގެއަށް ދިޔަ މަގުމަތީގައި އެމް.ޑީ.ޕީގެ 2 މެމްބަރެއްގެ ގަޔަށް، ކާކުކަން ނޭނގޭގޮތަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަޅުތެޔޮ ޖަހާފައިވާތީ އެކަން އ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮންނަ ތަޙްޤީޤީ އިދާރާތަކާއި މުއައްސަސާތަކުން މިފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށާއި، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުޤީޤުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް ގޮވާލާ ކަމަށާއި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއްބަޔަކު އަނެއްބައެއްގެ ހައްޤުތަކަށް އިހްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރާކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް އަމަލެއް ނުކުރުމަށް ވެސް އެޗްއާރްސީއެމުން ވަނި އިލްތިމާސްކޮށްފައެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބޭރު , މަންދީއަށް އަމާޒުކޮށް ބަޔަކު ކަޅު ތެޔޮޖެހޭ އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ނިންމުމަށްފަހު ސައިކަލްގައި ގެޔަަށް ދަނިކޮށް ރޭ ދަންވަރު އެވެ.
ގުޅުންހުރި

އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނާޝިޕް ފޯރަމް ފަށައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އެމްޑީޕީގެ ދެ އެކްޓިވިސްޓެއްގެ ގަޔަކަށް ކަޅު ތެޔޮ ޖެހި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި




