logoEN
WAMCO TOP 1
ބެސްޓް ހިއުމަން ރައިޓްސް ކްލަބާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަށް ހުޅުވާލައިފި

ބެސްޓް ހިއުމަން ރައިޓްސް ކްލަބާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަށް ހުޅުވާލައިފި

އަލްފާ އަލީ

logo

6/9/2024, 7:18:19 AM

# ހިއުމަން ރައިޓްސް ކޮމިޝަން

--

ބެސްޓް ހިއުމަން ރައިޓްސް ކްލަބާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަށް ކުރުމަތުލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

THE TRAVELLER AD

ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްއާރުސީއެމް އިން ވަނީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2023-2024" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2023-2024" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަނުން ހުޅުވާލީ މިއަދު އެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު, މި އެވޯޑް ދެނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

އިންސާނީ ހައްގުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުވައި، މުސްތަގުބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ދޭ މި ދެ މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު އެ ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެ އެވެ.

އެވޯޑަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރުމަށް އެކޮމިޝަނުން ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC