logoEN
Sto top
ޑީކޮންގެޝަން ޕްރޮގްރާމުގެ ތެރެއިން އިތުރު 12 އުޅަނދު ޓޯވްކޮށްފި

ޑީކޮންގެޝަން ޕްރޮގްރާމުގެ ތެރެއިން އިތުރު 12 އުޅަނދު ޓޯވްކޮށްފި

އަހުމަދު ޝުރާއު

logo

3/17/2025, 2:27:01 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

މާލޭގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޑީކޮންގެޝަން ޕްރޮގްރާމުގެ ތެރެއިން، ރޭ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2ގެ މަގުތައްމަތީގައި ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ބަހައްޓާފައިވާ ވެހިކަލްތަކެއް ޓޯވްކޮށްފި އެވެ.

Wamco

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮގްރާމުގެ ދަށުން، ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތަކާއި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް އެ ތަންތަނުން ނަގާފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 12 އުޅަނދެއް ވަނީ ޓޯވްކޮށްފައި އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިސްނަގައިގެން، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިނިސްްޓްރީން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތައް އިތުރަށް ރައްކާތެރިކޮށް، ދަތުރުފަތުރު ކުރުމަށް ފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާލޭގެ އެހެން ސަރަޙައްދުތަކުގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށްގެންދާނޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ސަބަބުން މާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުވެ، ޓްރެފިކް ތޮއްޖެހުން ކުޑަވެ، އަދި ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside