logoEN
Sto top
ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކަމަދޫގައި ހިންގައިފި

ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކަމަދޫގައި ހިންގައިފި

އަހުމަދު ޝުރާއު

logo

3/17/2025, 10:38:10 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގައިފިއެވެ.

Wamco

މި މަހު 16 ވަނަ ދުވަހު ހިންގި އެ ޕްރޮގްރާމުގައި، ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސް ފަރާތްތަކަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އާންމު އުސޫލުތަކާއި ޓޫރިސްޓުން އެ ސަރަައްދުތަކުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ރަމަޟާންމަސް ކަމަށް ވުމާއެކު ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުން ރަށުތެރޭގައި ކާބޯތަކެތި އަދި ސިނގިރެޓް ފަދަ ތަކެތި ބޭނުންނުކުރުމަށާ އަދި ނިވާކަންކުޑަ ހެދުން އަޅައިގެން ރަށުތެރޭގައި ނޫޅުމަށް އަންގައިދިނުމަށް މައުލޫމާތުދީފައިވެއެވެ.

މި ޕްރޮގްރާމަށް ގެސްޓުހައުސްތަކުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside