
ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެއްބާރުލުން ދޭނަން - ފުލުހުން
# ދިވެހި ފުލުހުންގެ ޙިދުމަތްފުލުހުން:-
ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުން ލިބޭނެ ކަމަށް އެއިދާރާއިން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފުލުހުން ވަނީ ނޫސްވެރިންނަށް ތަހުނިޔާ ކިޔައި ބަޔާނެއް ނެރެފައި އެވެ.
ބަޔާނުގައި ފުލުހުން ބުނީ އިންސާނީ ހައްގުތަކާއި ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކުރުމުގައި ނޫސްވެރިން އަދާކުރައްވާ އަގުހުރި އަދި މުހިންމު ދައުރު ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށާއި ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައްހަ ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް ފުލުހުން ފާހަގަކުރާ ކަމަށެވެ.
އަދި މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ފޯރުކޮށްދެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، އަދި އޮޅުންއަރާފަދަ މައުލޫމާތު ފެތުރުން މަދުކުރުމަށް އެ މުއައްސަސާއިން ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2024-2028 ގެ ސްޓްރެޓެޖިކް ޕްލޭންގައި ވާގޮތުގެ މަތިން، ގާބިލު މުވައްޒަފުން ބިނާކުރުމާއި، އަހުލާގީ މިންގަނޑުތައް ކުރިއެރުވުމާއި، ހާމަކަން ބޮޑު އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ ހައްލުތަކުގެ ޒަރީއާއިން ހިންގުން ހަރުދަނާކުރުމުގެ ތެރެއިން، އެކަށޭނަ ވަގުތުގައި، ސައްހަ އަދި ޒިންމާދާރު ގޮތެއްގައި މައުލޫމާތު ފެތުރުމަށްޓަކައި މީޑިއާއާއެކު ގާތުން މަސައްކަތްކުރެވޭގޮތަށް މަސައްކަތް ތަކެއް ރާވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުންގެ މަސައްކަތުގައި، ކުށް ހުއްޓުވުމާއި، އާންމު ރައްކާތެރިކަމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގައި މީޑިއާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށް ފުލުހުން ބުނީ ނާޒުކު ހާލަތްތަކުގައިވެސް، އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރައްވާ ނޫސްވެރިންގެ އަގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަޒަންކުރާ ކަމަށެވެ.
އަދި ނޫސްވެރިންނަށް ބިރުވެރިކަމެއް، ފުރައްސާރައެއް ނުވަތަ ހުރަހެއްނެތި ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްުޔަރުކޮށްފި

ފުލުހުންގެ ޓްރެއިނިންގ ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން ފަަރުވާދެނީ

މަސްތުގެހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި
