
--
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު އަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.
ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެމްބަރު އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
މިއީ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނަރީޝް މާރިޗް މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ.
ގުޅުންހުރި

މައްޗަންގޯޅި ސަހަރާގައި ކުރަންޖެހޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި

ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވައިލައިފި

އަލަށް އިމާރާތްކުރާ ސިނަމާލެ ފްލެޓްތަކުގެ ޑިޒައިން ކޮންސެޕްޓް ފާސްކޮށްފި
